ގޯހުން ގޯހަށް ނުދަނީސް ބައިނަލްއަޤުވާމީ އެހީއަށް އެދުމަށް ޑރ.މުއިއްޒު ގޮވާލައްވައިފި

06 May 2021 | 13:48

ކޮވިޑް19 ގެ ޙާލަތު ރާއްޖޭގައި ގޯހުން ގޯހަށް ނުދަނީސް، ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އިންތިޚާބުވެފައިވާ، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏ގޯހުންގޯހަށް ޤައުމުގެ ހާލަތު ނުދަނީސް ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ.

ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ، ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަން ޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ.

"ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރަން. ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރ މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި" - ޑރ. މުއިއްޒު

ޑރ.މުއިއްޒު މިފަދައިން ސަރުކާރަށް ގޮވާލައްވާފައި މިވަނީ، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ފުރިފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 734 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރެއިން 540 މީހުންނަކީ މާލެ ސަރަޙައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. 

Advertisement

ކޮމެންޓް