ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި 30 މީހަކަށް ފަރުވާ ދެނީ

06 May 2021 | 03:03

ކޮވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ތެރެއިން 30 މީހަކަށް ބަލި ޖެހި ފަރުވާ ދެމުންދާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ވެކްސިން ޖެހި ފަހުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 2.3 ޕަސެންޓް މީހުން ކަމަށެވެ. 

އޭގެ ތެރޭގައި ގިނައީ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފުތާ ފުރިހަމަވުމުގެ ފަހުން ޕޮޒިޓިވްވީ މީހުން ކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.

އަދި ފުރަތަމަ ޑޯޒް ޖެހި ފަހުން ކޮވިޑް ޖެހުނު 91 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ 30 މީހަކަށް ކޮވިޑް ޖެހި ފަރުވާ ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ 160 މީހުންގެ ތެރެއިން 91 ފަރާތަކީ ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތައް. އަދި 30 ފަރާތަކީ ދެވަނަ ޑޯޒު ހަމަކޮށްފައިވާ ފަރާތްތައް. އަދި 69 ފަރާތަަކީ ވެކްސިން ނުޖަހާ ފަރާތްތައް." އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ދޭ ވެކްސިނުގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު އެއް ލައްކައަށްވުރެ އިތުރުވެފައި ވާކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


Advertisement

ކޮމެންޓް