Advertisement

މާލެ ސަރަޙައްދުގައި އިތުރު ފުލޫ ކްލިނިކް ސެންޓަރެއް ހުޅުވަނީ

06 May 2021 | 02:13

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީގައި އިތުރު ފްލޫ ކްލިނިކަކާއި ސާމްޕަލް ސެންޓަރެއް ހުޅުވުމަށް ނިންމައިފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު ޢަޒީޒު ވިދާޅުވީ، މާލެ ސަރަޙައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހެދުމާއި އިތުރު ފްލޫ ކްލިނިކެއް ހެދުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އައިސީޔޫތައް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ހާލަތު ފަހަކަށް އައިސް ނުރައްކާތެރި ހާލަތަކަށް ދާއިރު ރާއްޖޭއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތެރޭގައިވެސް ބަލި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.

މިއާއެކު މިއަދުގެ އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވަނީ ޖުމްލަ 734 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 540 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 186 މީހަކު ހިމެނެއެވެ.

Advertisement

ކޮމެންޓް