Advertisement

ޖޫން މަހުގައި ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވާނެ: ޑރ.އަފްޒަލް

06 May 2021 | 10:52

ކޮވިޑް-19ގެ އަދަދުތައް މިހާރު އިތުރުވަމުންދާއިރު، އަންނަ ޖޫންމަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ.އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ނަންބަރުތައް ދަނީ ރެކޯޑު އަދަދަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައިވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ، ފެބްރުއަރީ މަހުން ފެށިގެން ކޮވިޑުގެ ނަންބަރުތައް އިތުރުވާން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް އެއީ މިހާރު މިފެންނަ ނަންބަރުތައް ތިރިވުމުގެ. އެހެންނަމަވެސް މޭ މަހުގެ ނިޔަލަށް އެކަން ނުވެދާނެ. އެހެންނަމަވެސް ޖޫން މަހުގެ ތާނގައި އަޅުގަނޑުމެން އުއްމީދު ކުރަން ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވާނެ ކަމަށް." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ، މިހާރު މި ފެންނަ ކޭސްތަކަކީ ޕްރީ ވެކްސިނޭޝަން ކޭސްތަކެއް ކަމަށާއި އެހެންކަމުން ގިނަ ބަޔަކު ވެކްސިންގެ ޑޯޒް ފުރިހަމަކުރުމުން ކޭސްތައް ދަށަށް ދާނެ ކަމަށެވެ.

Advertisement

ކޮމެންޓް