ޕީއެންސީގެ ނާއިބް ރައީސް އިބްރާހީމް ޝުޖާޢު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

06 May 2021 | 13:47

އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާޢު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝުޖާޢު ޕޮޒިޓިވް ވެފައިވާކަން އެގުނީ ހުންގަދަވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. ޝުޖާޢު ކޮވިޑަށް ފައްސިވުމާ ގުޅިގެން، އެޕާޓީގެ އިސްވެރިންނާއި، އާންމު ރައްޔިތުންދަނީ ހެޔޮދުޢާކޮށް ޓުވީޓުކުރަމުންެވެ.

އެގޮތުން މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޝުޖާޢު ކޮވިޑަށް ފައްސިވި ޚަބަރަކީ ވަރަށް ހިތްދަތި، ހިތާމަވެރި ޚަބަރެއް ކަމަށެވެ.

Advertisement

ކޮމެންޓް