ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އދ.އިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކަށް ޝާހިދު ޝުކުރު އަދާކުރައްވައިފި

06 May 2021 | 12:19

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އދ.އިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓިރޭޒްއާ އެކުގައި ވަރޗުއަލްކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި، ކޮވިޑާ ގުޅިގެން އދ އިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ކޮވިޑްގެ ހާލަތާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލަށް އަރުވާފައެވެ.

މި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަޙްމަދު ޚަލީލް އާއި ދިވެހިރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސައިން ބައިވެރިވެވަޑައިގަތެވެ.

Advertisement

ކޮމެންޓް