މާލޭ ސަރަހައްދުގައި ކުނިނެރޭ ގަޑިއަށް ބަދަލުތަކެއް

06 May 2021 | 14:32

ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސަރަޙައްދުގެ ކުނިނެރޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލު ގެނައީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެމްކޯ އިން ބުނެއެވެ.

މީގެ ކުރިން ވެމްކޯއިން ކުނި ނަގަމުން ދިޔައީ ރޭގަނޑު 10 އަކާއި 11 އާއި ދެމެދުއެވެ .ނަމަވެސް މިރެއިން ފެށިގެން ވެމްކޯއިން ކުނި ނަގާނީރޭގަނޑު 9 އަކާއި 10 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ވެމްކޯއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވެމްކޯއިން ވަނީ އެ ކުންފުނީގެ އޮފީހުންދޭ ޚިދުމަތްތައްވެސް އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައެވެ. މި ބަދަލާއެކު ސިޓި އަދި ރަސްމީ ލިޔުންފަދަ ތަކެތި ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކަމަށް ވެމްކޯ އިން ބުނެއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވޭސްޓް ޓްރާންސްފާ ސެކްޝަންތަކުގެ މަސައްކަތް ރޭގަނޑު 11:00 ގައި ބަންދުކުރަން ނިންމާފައިވާ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް