ފުވައްމުލަކު ސިޓީ މޮނީޓަރިންގގެ ހާލަތަށް!

06 May 2021 | 14:18

ފުވައްމުލަކު ސިޓީ މޮނީޓަރިންގގެ ހާލަތަށް ލައިފިއެވެ.

މިއަދުގެ ވަގުތެއްގައި އެ ސިޓީ މޮނީޓަރިންގއަށް ލާފައިވަނީ، ކޮވިޑް-19ގެ އަލާމާތްތަކާއި އެކު އިއްޔެ ފުވައްމުލަކު ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

މި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރެއްކޮށްފައި ނުވާ އަދި ބަލިމީހެއްގެ ކޮންޓެކްޓަކަށްވުމުގެ ސަބަބުން ކަރަންޓީންވެސް ކުރެވިފައި ނުވާ މީހެކެވެ. އެހެންކަމުން އެ ސިޓީގައި މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ކުރެވެމުންނެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް