ރޭގަނޑު ނުވައެއްގެ ފަހުން ފިހާރަ އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުވާނެ

06 May 2021 | 16:16

މާލެ ސަރަޙައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ނެރުުނު ޢިއުލާނެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމުގެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު އަށަކުން ރޭގަނޑު 9:00 އަށް ކަމަށެވެ. 

މީގެ އިތުރުން ރޭގަނޑު 9:00 އިން ރޭގަނޑު 12 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިތަންތަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ކޮމެންޓް