ކާފިއުއާއި ގުޅިގެން ހައިކޯޓު ހުޅުވާފައި ހުންނަ ގަޑިތައް ބަދަލުކޮށްފި

06 May 2021 | 19:15

މާލޭގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ގަޑިތަކާއި ގުޅިގެން ހައިކޯޓުން ދޭ ޚިދުމަތްތައް ދިނުމަށް އެކޯޓު ހުޅުވާފައި ހުންނަ ގަޑިތައް ބަދަލުކޮށްފިއެވެ.

ހައިކޯޓުން ވިދާޅުވެފައިވަނީ، ކޮވިޑް19ގެ ހާލަތު ގޯސްވެ، ކާފިއު އިޢުލާން ކުރުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު 2020 އާއި ގުޅިގެން، އިންތިޚާބީ ޝަކުވާގެ މައްސަލަތަކާ ގުޅޭ ގޮތުން ހައިކޯޓުގެ ޚިދުމަތްތައް އިންތިޒާމް ކުރެވިފައިވަނީ އީމެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ކަމަށެވެ. އެގޮތުން، ޝަކުވާގެ މައްސަލަތައް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް [email protected] އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 ން މެންދުރުފަހު 3:00 އަށް އެކޯޓުގެ ރިސެޕްޝަން ހުޅުވާފައި ހުންނާނެ ކަމަށް ހައިކޯޓުން ވިދާޅުފައިވެއެެވެ.

ހައިކޯޓުން އިތުރަށް ވިދާޅުވެފައިވަނީ، އިންތިޚާބީ މައްސަލަ ހުށަހެޅޭނެ ފަހު ތާރީޚަކީ، އެ ދާއިރާއެއްގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 14 ދުވަސް ކަމަށާއި އިންތިޚާބީ މައްސަލަތަކާ ގުޅޭ މަޢުލޫމާތެއް ހޯދަން ބޭނުން ނަމަ 7902206 ނަންބަރަށް ގުޅުމަށް އެދޭ ކަމަށެވެ.

ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެ މިއަދުން ފެށިގެން، މާލެ ސަރަހައްދުގައި ރޭގަނޑު 9 ން ފަތިހު 4 އަށް ކާފިއު ހިންގުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ.

Advertisement

ކޮމެންޓް