އެސްޓީއޯ ސުޕަރމާޓްގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި

06 May 2021 | 19:30

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަޙައްދުގައި ރޭގަނޑު ގަޑީގެ ކާފިއު އިޢުލާންކޮށްފައިވުމުން، އެސްޓީއޯ ސުޕަރމާޓްގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މެއި 6 އިން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، އެސްޓީއޯ ސުޕަރމާޓް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ.

އަދި ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުގައި ސުޕަރމާޓް ހުޅުވާފައި ހުންނާނީ 14:00 އިން ފެށިގެން 17:00 އާއި ހަމައަށް ކަމަށް އެސްޓީއޯއިން ވަނީ މަޢުލޫމާތުދީފައެވެ. މި ދުވަސްވަރަކީ ރޯދަމަސްކަމުން އެސްޓީއޯ ސުޕަރމާޓުން ވަރަށް ގިނަބަޔަކު ވިޔަފާރިކުރެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ އެއް ކުންފުންޏެވެ.

Advertisement

ކޮމެންޓް