ކޮވިޑް-19 ބަލީގައި ރާއްޖެއިން 77 ވަނަ މީހަކު ނިޔާވެއްޖެ

06 May 2021 | 20:20

ކޮވިޑް-19 ބަލީގައި ރާއްޖެއިން 77 ވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މަޢުލޫމާތުދޭ ގޮތުގައި ނިޔާވެފައިވަނީ އއ.ރަސްދޫގައި އައިސޮލޭޝަންގައި ހުރި އިންޑިއާއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެމީހާއަކީ ފަތުރުވެރިއެއްގެ ގޮތުގައި އެރަށަށް ޒިޔާރަތްކުރި ފަރާތެކެވެ

މިއާއި އެކު ދިވެހިރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 77އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement