ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފި

06 May 2021 | 21:51

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅުކަމަށްވާ ގ.ކެނެރީގެ ސަރަޙައްދުން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، އެ ސަރަޙައްދުގައި ގޮވުމެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް، އެ ސަރަޙައްދުގައި ހުރި ސައިކަލެއްގައި ގޮވުމެއް ހިނގީއެވެ. މި ސަރަޙައްދު މިހާރު ފުލުހުން އަދި ސިފައިން ވަނީ ބަންދުކޮށްފައެވެ. އެ ސަރަޙައްދުގައި ގިނަ ސައިކަލްތަކެއް ވަނީ ހަލާކުވެފައެވެ. މި ހަމަލާގައި ރައީސް ނަޝީދާއި އިތުރު ދެ މީހަކަށް ގެއްލުން ލިބިފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ބިދޭސީއަކާއި ރައީސް ނަޝީދުގެ ބޮޑީގާޑެކެވެ.

މި ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފޮޓޯ: އަދަދު

-ތަފުސީލު އަންނަނީ-

Advertisement

ކޮމެންޓް