ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ޑރ. މުއިއްޒު ކުށްވެރި ކުރައްވައިފި

06 May 2021 | 21:49

މިރޭގެ ވަގުތެއްގައި ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމާއި ގުޅިގެން އެކަން، މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރ ޑރ.މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.

ޑރ.މުޢިއްޒު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ އެއްވެސް ޢަމަލެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން، މާލޭގެ މުޖުތަމަޢަކީ އެންމެނަށްވެސް ރައްކާތެރި މުޖުމަޢަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޑރ.މުޢިއްޒުވަނީ ގޮވާލައްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް، އެ ސަރަޙައްދުގައި ހުރި ސައިކަލެއްގައި ގޮވުމެއް ވަނީ ދާދި ދެންމެއަކު ހިނގާފައެވެ. އެ ސަރަޙައްދު ފުލުހުން އަދި ސިފައިން މިހާރު ބަންދު ކޮށްފައިވާއިރު އެ ސަރަޙައްދުގައި ހުރި ގިނަ ސައިކަލްތަކެއް ވަނީ ހަލާކުވެފައެވެ. މި ހަމަލާގައި ރައީސް ނަޝީދާއި އިތުރު ދެ މީހަކަށް ގެއްލުން ލިބިފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

ކޮމެންޓް