އަދާހަމަ: ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނީ

06 May 2021 | 21:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން އޭޑީކޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވަނީ "ވޮއިސް"އަށް ކަށަވަރުކޮށްދީފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް ދަނީ އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރގައި، ލޮލަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ދެމުންނެވެ.

ފުލުހުން ވަނީ އެ ސަރަޙައްދަށް އާންމުން އެއް ނުވުމަށް އެދިފައެވެ.

ގ.ކެނެރީގެ ކައިރިން މަޖިދީމަގާއި ވީ ދިމާލުން ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ އިތުރުން ބިދޭސީއަކާއި ބޮޑީގާޑަކަށް އަނިޔާވިކަމަށްވެއެވެ.

Advertisement

ކޮމެންޓް