ރައީސް ނަޝީދުގެ ހާލު ބެއްލެވުމަށް ރައީސް ޞާލިޙު އޭޑީކޭ ހޮސްޕިޓަލަށް!

06 May 2021 | 22:10

މާލޭ ސިޓީގައި މިރޭ ދެވުނު ހަމަލާއެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހާލަތު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފިއެވެ.

މިވަގުތު އޭޑީކޭ ހޮސްޕިޓަލު ސަރަޙައްދުގައި ސަރުކާރާއި އެމްޑީޕީގެ އިސްވެރިންގެ އިތުރުން، އާންމުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ސަރަޙައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް ދަނީ އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރގައި، ލޮލަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ދެމުންނެވެ.

ފުލުހުން ވަނީ އެ ސަރަޙައްދަށް އާންމުން އެއް ނުވުމަށް އެދިފައެވެ.

ގ.ކެނެރީގެ ކައިރިން މަޖިދީމަގާއި ވީ ދިމާލުން ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި އެއްޗެއް ގޮވުމުގެ ސަބަބުން އެމަނިކުފާނުގެ އިތުރުން ބިދޭސީއަކާއި ބޮޑީގާޑަކަށް އަނިޔާވިކަމަށްވެއެވެ.

Advertisement

ކޮމެންޓް