60 އަހަރުންމަތީ މީހުންނަށް ސިނޮފާމް ވެކްސިންގެ ހުއްދަ ދިނުން މުހިންމު: ޑރ.ފައިސަލް

08 May 2021 | 13:51

60 އަހަރުން މަތީގެ މީހުންނަށް ޗައިނާގައި އުފައްދާފައިވާ ސިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ދިނުން މުޙިންމު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ އަދި އެމްޓީއޭޖީއައިގެ ޗެއަރ ޑރ.އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު ވެކްސިނެއް ނެތް ތަނެއްގައި ސިނޮފާމް ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ޖަހަން ހުއްދަ ދިނުން މުހިންމު ކަމަށެވެ.

ޑރ.ފައިސަލް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިހާރު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދިނުން ހުއްޓާލާފައި ވަނީ މި ވަގުތު ވެކްސިން ލިބުމުގެ ދަތިތަކެއް ހުރުމުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ނަމަވެސް އިތުރު ވެކްސިން މާލޭގައި ޖަހައިދެމުންނެވެ. އެއީ ސިނޯފާމް ވެކްސިން އަދި ފައިޒަރ ވެކްސިންއެވެ. ރާއްޖެއިން މިހާތަނަށް 300،189 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 123،581 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.

Advertisement

ކޮމެންޓް

Advertisement