Advertisement

ރައީސް ޔާމީނަށް ހަމަލާދޭން ގޮވާލި މީހާ ހައްޔަރު ނުކުރާތީ މޮސްޓާގެ ނުރުހުން

09 May 2021 | 04:54

ކުރީގެ ރައީސް ޔާމީނަށް ހަމަލާދޭން ގޮވާލި މީހާ ހައްޔަރު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ހަމަލާދޭން ގޮވާލި މީހާ 24 ގަޑިއިރު ވީ އިރުވެސް ހައްޔަރު ނުކުރެވެނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވެސް ޓެގް ކުރައްވާ މޮސްޓާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް އަނިޔާދޭން ގޮވާލި މީހާ ހައްޔަރު ނުކުރެވެނީ ރައީސް ޔާމީނަކީ ލާދީނީ އެމް.ޑީ.އެންގެ މީހަކަށް ނުވީމަ ތޯއެވެ.

މޮސްޓާގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ފުލުހުން މިއަދު އަޅާ ނުލިޔަސް ޖަވާބުދާރީ ވާންޖެހޭނެކަން ހަނދާނުގައި ބަހައްޓަން ވާނެ ކަމަށެވެ.

އަމިއްލަ ފަރާތަކުން ރައީސް ޔާމީނަށް ހަމަލާދޭން ގޮވާލާ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން އެކަން އިދިކޮޅު ޕީޕީއެމް އިންވެސް އިއްޔެ ވަނީ ކުށްވެރި ކޮށްފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ގޮވާލާ އެދި އިއްޔެ ވަނީ އެޕާޓީން ބަޔާނެއްވެސް ނެރެފައެވެ. 

Advertisement

ކޮމެންޓް