Advertisement

މާލެ ސަރަޙައްދުން ނަގާ ކޮންމެ 5 ސާމްޕަލަކުން 3 ސާމްޕަލް ޕޮޒިޓިވްވޭ

10 May 2021 | 00:38

މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާ ކޮންމެ 5 ސާމްޕަލްއަކުން 3 ސާމްޕަލް ޕޮޒިޓިވް ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ. 

އެޗްޕީއޭއިން އާންމު ކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، 2021 މޭ 7 ވަނަ ދުވަހާއި ހަަައަށް، އެވަރެޖްކޮށް ކޮންމެ ދުވަހަކު 10 އަހަރުން ދަށުގެ 80 ކުޑަކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއެވެ.

އަދި ފުލޫ ކުލިނިކަށް ދައްކާ ފަރާތްތަކުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ފާއިތުވި 2 ހަފުތާގެ ތެރޭގައި 4 ގުނަ އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެ އެނދުގެ ކެޕޭސިޓީ ވަނީ 80 އިންސައްތައަށް އަރާފައެވެ.

މިއަދަކީ، ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ. އެޗްޕީއޭއިން އާންމު ކުރައްވާފައިވާ ގޮތުން، މިއަދު 1091 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ. 

Advertisement

ކޮމެންޓް