ގަމާއި މާމިގިލީގައި ކާފިއު އިޢުލާންކޮށްފި

10 May 2021 | 11:47

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ ޚާއްޞަ ފިޔަވަޅު އެޅުމުގެ ގޮތުން ލ.ގަމާއި އދ.މާމިގިލީގައި ކާފިއު އިޢުލާންކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން ވަކި ގޮތެެއް އަންގަންދެން ލ.ގަމާއި އދ.މާމިގިލީގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.

އަދި ޕާކުތަކަށް ޒިޔާރަތްކުރުމާއި، ހަފުލާތައް ބޭއްވުން ހުއްޓައިލުމާއި، ގޭގެއަށް ޒިޔާރަތްކުރުން ވަނީ ހުއްޓައިލުމަށް އަންގާފައެވެ. މިދެރަށުގައިވެސް އެއްގެއިންއަނެއް ގެއަށް ޒިޔާރަތްކުރުމާއި، އެއްފަހަރާ ތިންމީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވަނީ މަނާކުރެވިފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު މިބަލި އަތޮޅުތެރޭގައިވެސް ދަނީ ފެތުރެމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅު އެޅުމުގެ ގޮތުން ކާފިއު އިޢުލާނުކޮށް ވަކި ވަގުތުތަކުގައި ބޭރުގައި އުޅުން މަނާކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement