Advertisement

ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

10 May 2021 | 13:05

ކޮވިޑްގެ ހާލަތު ރާއްޖޭގައި ބޮޑުވަމުންދާ މިދަނޑިވަޅުގައި ބަލިޖެހިގެން ފަރުވާދޭ މީހުންނަށް ޚާއްޞަކޮށް ހުޅުމާލެ ހޮސްޕިޓަލް ކޮވިޑްގެ ބަލިމީހުންނަށް ޚާއްޞަ ފަރުވާދޭ ތަނަކަށް ބަދަލުކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިގޮޮތަށް ނިންމާފައިވަނީ މިހާރުގެ ހާލަތަށް ބަލައި ބަލިޖެހިގެން ފަރުވާދޭ ތަންތަން މަދުވެ ބަލިމީހުން އިތުރުވަމުންދާތީއެވެ.

އެކަމާއި ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑިރެކްޓަރު އަޙްމަދު ނާޞިރު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޑައުން ގުރޭޑްކޮށް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ." ނާޞިރު ވިދާޅުވިއެވެ.

ނާޞިރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރި ނަމަވެސް ހޮސްޕިޓަލުން ދެމުން އަންނަ ސީޓީ ސްކޭން، އަލްޓްރާ ސައުންޑް އަދި ލެބޯޓަރީގެ ޚިދުމަތްތަކާއެކު އިމަޖެންސީގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement