Advertisement

ކައުންސިލަރުންގެ ހުވާކުރުން މިހާލަތުގައި އޮންނާނީ އޮންލައިންކޮށް: އެލްޖީއޭ

11 May 2021 | 14:34

މިދައުރަށް ހޮވިފައިވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިންވެސް ޝެޑިއުލްކުރި ތާވަލާއި އެއްގޮތަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ލޯކަލް ޤަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އެއިދާރާއިން ކުރިއަށް ގެންދާކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު މިމަހު 17ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ވަނީ އަންގާފައެވެ.

ޝަރީފު ވިދާޅުވީ، ކޮންމެ ރަށެެއްގައި ވެސް ކައުންސިލަރުން ހުވާކުރުން ކުރިއަށް ދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ރައްކާތެރިކަމުގެ މިންގަނޑުތަކާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުން ހުވާކުރާއިރު ހުވާލައިދޭ ފަނޑިޔާރު ރަސްމިއްޔާތުގައި ބައިވެރިވާނީވެސް އޮންލައިންކޮށް ކަމަށެވެ. އަދި އިންތިޚާބުވީ ރަށް ނުވަތަ ދާއިރާގައި ނެތް ކައުންސިލަރުންވެސް ހުވާކުރުމުގައި ބައިވެރިވާނީ އޮންލައިންކޮށް ކަމުގައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement