Advertisement

ދިވެހިންނަށް މިލިބުނީ ވެކްސިންގެ އެއްކިބަ: ޝިފާޤު

11 May 2021 | 17:18

ދިވެހިންނަށް ލިބުނީ ކޮވިޑް ވެކްސިންގެ އެއްކިބަކަމަށް ވިދާޅުވެ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝިފާޤު މިފަދައިން ވިދާޅުވީ ކުރެއްވި ޓުވިޓެއްގައެވެ. އެ ޓުވީޓުގައި ވިދާޅުވީ، މިއީ ފައިވާނުގެ އެއްކިބައަށް އަރައިގެން އުޅެއުޅެ އެކިބަ ބާވެ ހަލާކުވީމާ، އެކިބަ އެއްލާލާފައި އަނެއްކިބައަށް އަރައިގެން އުޅުންކަހަލަ ކަމެއް ކަމަށް ވިދާޅުވެ ސުވާލު އުފައްދާފައެވެ.

ޝިފާޤު މިފަދައިން ވިދާޅުވެ ޓުވީޓު ކޮށްފައިވާއިރު މިހާރު ކުރިއަށްގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގުރާމުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުސްނުވެ ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއިން ކޮވިޝީޑް ވެކްސިން ހުސްވެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ދެ ޑޯޒް ފުރިހަމަ ނުކުރެވިފައެވެ.

މިކަމާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ކޮވިޝީލްޑް ވެކްސިން ލިބޭނެ ދުވަހެއް ނޭނގޭކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން ޝިފާޤް މުފީދު ހިސްޓޯ ވިދާޅުވީ، ދިވެހިންނަށް މިލިބުނީ ވެކްސިންގެ އެއްކިބަކަމަށެވެ.

"މިތިބީ ވެކްސިނުން އެއްކިބަ ވެފަ. މިއީ ފައިވާނުގެ އެއްކިބައަށް އަރައިގެން އުޅެއުޅެ އެކިބަ ބާވެ ހަލާކުވީމާ، އެކިބަ އެއްލާލާފައި އަނެއްކިބައަށް އަރައިގެން އުޅުންކަހަލަ ކަމެއްތޯ؟"، ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް