މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާލަން ނިންމައިފި

11 May 2021 | 22:59

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތް ހެދުން މެދުކަނޑާލަން ނިންމާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ހަވީރު 4 ން ފަތިހު 4 އަށް މާލެ ސަރަޙައްދުގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ދުވަސްތަކުގައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން، މި ދުވަސްތަކުގައި މާލެ ސަރަޙައްދުގައި މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ދެވޭނީ ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް އެކަނި ކަމަށާއި ޕޮލިސް ޕާމިޓާއެކު މެންދަމު 12އާ ހަމަޔަށް ޑެލިވަރީ ހިދުމަތަށް ފުރުޞަތު ދޭނެ ކަމަށާއި ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 1،204 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement