ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ނަން އާންމުކުރާނަން: މުޢިއްޒު
އެމްއެމްޕީއާރްސީީގެ ޚިޔާނާތުގައި ހިމެނޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދިރާސާކުރާއިރު، އެ ލިސްޓުގެ އިތުބާރު ގެއްލުވައިލަން މަސައްކަތްކުރި ނަމަވެސް އެ ކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ނަން ލިސްޓު އާންމު ކުރައްވާނެ ކަމަށް އެ ކޮމިޓީަގއި ހިމެނިވަޑައިގަންނަނަވާ މެންބަރު އިބްރާހީމް މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓު އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ. އެލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް-ޕީއެންސީ އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ އިތުރުން ޖުމްހުރީ ޕާޓީގެ މެމްބަރުން ހިމެނެއެވެ.
އެކަމާއި ގުޅިގެން މެންބަރު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓު އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް ލިޔުންތަކެއް ހަދާ ނެރުނު ނަމަވެސް އެ ޚިޔާނާތުގައި ބައިވެރިވާ ހުރިހާ އެންމެންގެ ލިސްޓު އާންމު ކުރާނެ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ލިސްޓު އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް ކިތަންމެ އަސްލެއް ނެތް ލިޔުންތަކެއް ހަދައި ނެރުނަސް، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓު އާންމު ކުރާނެ،" ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިލިސްޓުގައި ހިމެނޭއިރު މިމައްސަލަ ރައްޔިތުންގެ މަޖިލީހުން ދަނީ ބަލަމުންނެވެ. އަދި މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖލީހުގެ 241 ކޮމެޓީއަށް ލިބުމާއި އެކު އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިވަނީ ކޮމެޓީން އިސްތިއުފާ ދެއްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists