ފިޔަވަޅުތަކަށް ޢަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ރައީސް ފުލުހުންނާއި ސިފައިންނަށް އަންގައިފި

12 May 2021 | 12:56

ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފުލުހުންނާއި ސިފައިންނަށް އަންގަވައިފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ އެޗްޕީއޭއިން އަޅާފައިވާ އާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ރައްޔިތުން ޢަމަލު ކުރޭތޯ ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް ރައީސް އަންގަވާފައިވާ ކަމަށެވެ. 

މީގެ އިތުރުން އެދެ މުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޞާލިޙު އަންގަވާފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.

އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް މާލޭގައި ބާރަ ގަޑިއިރަށް ކާފިއު ހިންގައި، ކެފޭ/ ރެސްޓޯރެންޓުތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް އެކަނި ދިނުމަށް އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް ކޭސް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އިއްޔެ ވެސް ވަނީ 1501 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

Advertisement

ކޮމެންޓް

Advertisement