ޔޫރަޕްގެ ފުޓްބޯޅައިގެ ޢީދަށް ތައްޔާރުތަ؟

13 May 2021 | 13:43

ޔޫރަޕްގެ ޤައުމީޓީމުތަކުގެ މެދުގައި ކުޅެވޭ ޔޫއެފާ ޔޫރޯ 2020 ވަނަ މުބާރާތް މިއަހަރުގެ ޖޫން 11 ވަނަ ދުވަހު ފަށާނެއެވެ. ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ޔޫއެފާއިން ބާއްވަމުން އަންނަ މިމުބާރާތް ވޭތުވެދިޔަ 2020 ވަނަ އަހަރު ބޭއްވިފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

ކުރިން ބޭއްވިދިޔަ މުބާރާތްތަކާއި ޚިލާފަށް މިއަހަރު ޔޫރޯގެ ގުރޫޕް ސްޓޭޖުތަކުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕްގައި ހިމެނޭ ކޮންމެވެސް އެއް ޤައުމެއް ނުވަތަ ދެ ޤައުމެއްގައެވެ.

 

މުބާރާތަށް ޓީމުތައް ގުރޫޕް ކުރެވިފައިވާ ގޮތް:

ގުރޫޕް އޭ: ތުރުކީ، އިޓަލީ، ވޭލްސް އަދި ސްވިޒަރލޭންޑް. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އިޓަލީގައެވެ.

ގުރޫޕް ބީ: ޑެންމާކް، ފިންލޭންޑް، ބެލްޖިއަމް އަދި ރަޝިއާ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޑެންމާކާއި ރަޝިއާގައެވެ.

ގުރޫޕް ސީ: ނެދަރލޭންޑްސް، ޔުކްރޭން، އޮސްޓްރިއާ އަދި ނޯތު މެސެޑޯނިއާ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނެދަރލޭންޑްސްގައެވެ.

ގުރޫޕް ޑީ: އިންގްލޭންޑް، ކްރޮއޭޝިއާ، ސްކޮޓްލޭންޑް އަދި ޗެކް ރިޕަބްލިކް. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އިންގްލޭންޑާއި ސްކޮޓްލޭންޑްގައެވެ.

ގުރޫޕް އީ: ސްޕެއިން، ސްވިޑްން، ޕޮލޭންޑް އަދި ސްލޮވާކިއާ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ސްޕެއިންގައެވެ.

ގުރޫޕް އެފް: ހަންގޭރީ، ޕޯޗުގަލް، ފުރާންސް އަދި ޖާރމަނީ. މިގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ހަންގޭރީ އަދި ޖަރުމަނުގައެވެ.

 

މުބާރާތުގެ ތާރީޚުތައް:

* މިމުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

* ނޮކްއައުޓް ފޭސްގެ މެޗުތައް އޮންނާނީ ޖޫން 26 ން ޖޫން 29 އަށެވެ.

* ކުއާޓަރ-ފައިނަލްގެ މެޗުތައް އޮންނާނީ ޖުލައި 2 ން 3 ގެ ނިޔަލަށެވެ.

* ސެމީ-ފައިނަލްގެ މެޗުތައް އޮންނާނީ ޖުލައި 6 ން 7 ގެ ނިޔަލަށެވެ.

* މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 11 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

 

މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނަކީ ޕޯޗުގަލްއެވެ. 2016 ވަނަ އަހަރު ބޭއްވުނު އެމުބާރާތް ޕޯޗުގަލް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ފްރާންސް ބަލިކޮށްފައެވެ.

Advertisement

ކޮމެންޓް