އިތުރު މީހަކު ކޮވިޑް-19ގައި ނިޔާވެ، ޖުމުލަ އަދަދު 92 އަށް!

15 May 2021 | 01:04

ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު މީހަކު ރާއްޖެއިން ނިޔާވެ ޖުމުލަ އަދަދު 92 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިރޭ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 63 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑުތަން އިތުރު ވަމުންނެވެ. މިއަދު އެކަނިވެސް މި ބައްޔަށް 1467 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

މީގެ ތެރޭގައި މާލޭ ސަރަޙައްދުން އެކަނިވެސް 1267 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement