Advertisement

ޖޭޕީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ހުޅުވާލައިފި

24 Dec 2018 | 10:16

އަންނަ އަހަރުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖޭޕީން މިއަދު ކުރި އިއުލާނެއްގައިވަނީ މަޖިލީސް މެންބަރުކަމުގެ ޝަރުތުހަމަވާ އެޕާޓީގެ އެންމެހާ މެންބަރުންނަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ވަނަވަރު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ޕާޓީން ވަނީ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން ކުރިމަތިލާން އެދޭ ފަރާތްތަކުން ވަނަވަރާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯ، އަންނަ އަންގާރަ ދުވަހުގެ ހަވީރު 5:00ގެ ކުރިން އެ ޕާޓީގެ އޮފީހަށް ފޮނުވުމަށް އެދިފައެވެ.

ޖޭޕީއިން މަޖިލީހުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ގޮތެއް އަދި ނުނިންމައެެވެ. 

Advertisement

ކޮމެންޓް