އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފި

15 May 2021 | 21:37

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މިނިންމުން ނިންމާފައިވަނީ، އެޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ ފުރާނަފުޅަށް ލިބިފައިވާ ގެއްލުންތަކަށް މިހާރު ފަރުވާހޯއްދަވަމުން ގެންދާތީ، އިންތިޚާބުގެ ކަންތަކުގައި އެމަނިކުފާނަށް ނޫޅެވޭނެކަމަށް ޕާޓީއަށް ފެންނާތީ ކަމަށެވެ.

އެހެންކަމުން މިމަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ފަސްކޮށް، ދެން އިންތިޚާބު ބޭއްވޭނެ ދުވަހެއް ކުރިއަށް އޮތް ދިހަ ދުވަހެއްގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ މިދަނޑިވަޅުގައި އިންތިޚާބު ނުބާއްވައި ފަސްކުރުމަށް އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް