ކޮވިޑް ފެތުރުން ހުއްޓުވުމަށް އަތޮޅުތެރޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި

15 May 2021 | 23:38

ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތެރެއަށް ޚާއްސަކޮށް އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެންމެ ނެރުއްވި އެންގުމެއްގައިވަނީ، އަތޮޅު ތެރޭގެ ރަށްރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިމަހުގެ 3 ގައި އެޗްޕީއޭއިން އަންގާފައިވަނީ، ކޮވިޑް-19 ފެތުރިފައި ނުވާ ރަށްރަށުން އެފަދަ އެހެން ރަށަކަށް ދަތުރު ކުރެވޭނީ ޞިއްޙީ ފަރުވާ ހޯދުމާއި ޒަރޫރީ ބޭނުންތަކުގައި އެކަނި ކަމަށެވެ.

އެހެންކަމުން، ކުރިޔަށް އޮތް 14 ދުވަހުވެސް ކޮވިޑް-19 ފެތުރިފައި ނުވާ ރަށްރަށުން އެފަދަ އެހެން ރަށަކަށް ދަތުރު ކުރެވޭނީ ރަށު ކައުންސިލްތަކުގެ ހުއްދަ ހޯދައިގެނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ މިއަދުވެސް 1007 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

Advertisement

ކޮމެންޓް

Advertisement