މާލޭ ކައުންސިލަރުން ހުވާކުރުން އޮންނާނީ ސަލްޓަންޕާކުގައި

16 May 2021 | 10:38

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މާލޭ މޭޔަރުގެ ހުވާކުރުން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައިބޭއްވުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ސަލްޓަން ޕާކުގައި ކަމަށެވެ.

މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ޚާއްޞަކޮށް މާލޭ ސިޓީގައި ކޮވިޑް-19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، މިރަސްމިއްޔާތުގައި އާއްމުންނަށް ބައިވެރިއެއް ނުވެވެއެވެ. ނަމަވެސް މި ރަސްމިއްޔާތު ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތު ޤައުމީ ޓީވީ ޗެނަލް، ޓީވީއެމުންނާއި މާލޭ ސިޓީ ކައުންސިލްގެ ޕޭޖުން ވަގުތުން ދެއްކުމަށް ވަނީ ނިންމައިފައެވެ.

Advertisement

ކޮމެންޓް