އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާ ކުރައްވައިފި

17 May 2021 | 12:58

 ލޯކަލް ކައުންސިލް އިންތިޚާބުގައި ހޮވުނު ފަރާތްތައް މަޤާމުތަކުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

މިއަދު ކައުންސިލަރުން މަޤާމުގެ ހުވާ ކުރައްވާފައިވަނީ، އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތުތަކުގައެވެ. ރަށްރަށުގައި ބޭއްވުނު ރަސްމިއްޔާތުތަކުގައި އިންތިޚާބުވި ފަރާތްތަކަށް ހުވާ ލައިދެއްވާފައިވަނީ ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވިފައިވާ ފަރާތްތަކަށްވެސް މިއަދު ވަނީ މަޤާމުގެ ލިޔުން ހަވާލުކޮށްފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިން ކޮށް ބޭއްވުމަށް ހަމަޖެއްސީ، ކޮވިޑް-19ގެ ނުރައްކާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެތުރި، ގިނަ ރަށްތައް މޮނިޓަރިންގައި ވާތީއެވެ. 

Advertisement

ކޮމެންޓް

Advertisement