ކޮވިޝީޑްގެ ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިންޖެހޭނެ: ޑރ.ފައިސަލް

18 May 2021 | 13:56

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ގިނަ ފަރާތްތަކުން ޖަހާފައިވާއިރު، އެވެކްސިންގެ ފުރިހަމަ ނުވެ ތިބި ފަރާތްތަކަށް އެސްޓްރާޒެނެކާ ވެކްސިން ޖަހައިގެން ޑޯޒް ފުރިހަމަ ކުރެވޭނެ ކަމަށް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، ޑރ. މުޙައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ފައިސަލް ވިދާޅުވީ އެސްޓްރާޒެނެކާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިން އެކަތި އަނެކެއްޗާ ބަދަލުކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާދީފައިވާ ކަމަށެވެ.

"މިހާރު ޑަބްލިޔުއެޗްއޯއިން ލަފާދީފައި ވަނީ އެސްޓްރާޒެނެކާއާ ކޮވިޝީލްޑާ އެ ދޭތި އިންޓަޗޭންޖް ކުރެވޭނެ ކަމަށް. އެސްޓްރާޒެނެކާ އެއް ޑޯޒް ޖަހާފައި ހުރެއްޖެއްޔާ ކޮވިޝީލްޑް ދެވަނަ ޑޯޒަކަށް ޖެހޭނެ. އަދި ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައި ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ބޭނުން ކުރެވޭނެ" ޑރ. ފައިސަލް ވިދާޅުވި އެވެ.

ޑރ.ފައިސަލް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ކުރިން އެސްޓްރާޒެނެކާ ވެކްސިން ލިބިއްޖެ ނަމަ ރާއްޖޭގައި ޑޯޒް ފުރިހަމަ ނުވެ ތިބި މީހުންނަށް އެ ވެކްސިން ޖަހައިގެން ޑޯޒް ފުރިހަމަ ކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް