އޭއެފްސީން ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު: ބައްސާމް

18 May 2021 | 12:48

އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ރާއްޖޭގައި ކުޅުމަށް ނިންމާފައިވާ މެޗުތައް ކޮވިޑާއި ގުޅިގެން ފަސްކުރަން ނިންމުމުން ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ވާދަކުރުމަށް ދިވެހިރާއްޖެއަށް އައިސްފައިވެއެވެ. އިންޑިއާގެ ބެންގަލޫރު އެފްސީން ޢަމަލުކޮށްފައިވާ ގޮތާއި މެދު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚްލޫފް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

ކޮވިޑް-19ގެ ދުވަސްވަރުގައި ދަތުރުކޮށްގެން މެޗުތައް ކުޅުމާއި ގުޅޭގޮތުން އޭއެފްސީން ހަމަޖައްސާފައިވާ އުސޫލުތަކުގައިވާ ގޮތުގައި، ޓީމުތަކުން ތަނަކަށް ދަތުރުކުރުމަށްފަހު އެތަނެއްގައި ތިބޭ ހޮޓަލުން ނިކުމެވޭނީ ހަމައެކަނި މެޗުތައް ކުޅުމަށާއި ޕްރެކްޓިސް ސެޝަންތަކަށެވެ. އަދި ކުޅުންތެރިން އަބަދުވެސް އުޅެންވާނީ ޚާއްޞަބައޯ ބަބްލްއެއްގެ ތެރޭގައެވެ.

އެކަމާއި ގުޅިގެން ބައްސާމު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ކުލަބުތަކަށާއި ބޭރުގެ ކުލަބުތަކަށް ލިބިގެންދިޔައީ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.އެކަމުގެ ސަބަބުން ޑިސިޕްލިނަރީ ފިޔަވަޅެއް ރާއްޖެއަށް އަޅާނެކަމަށާއި މިހާރު މަޑުކޮށްގެން މިތިބީ އޭއެފްސީއިން މިގުރޫފްގެ މެޗްތަކަށް ހަދާނެ ގޮތެއް ބަލަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހަަކު ނުދާހާ މިންވަރަކަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ބެންގަލޫރު އެފްސީގެ ކުޅުންތެރިން ރާއްޖެއަށް އައީވެސް އެ ޝަރުތުތަކުގެ މަތިންނެވެ. އެ ޝަރުތުތަކަށް ތަބާވެ، އެ ފިޔަވަަޅުތަކަށް ޢަމަލުކުރާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ފެނިގެންދިޔަ މަންޒަރު އެކަމާއި މުޅީން ދިމާ އިދިކޮޅެވެ. މީސް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން އިއްޔެ ވަނީ މާލޭގެ މަގުމަތީގައި ހަރަކާތްތެރިވެފައެވެ.

އެފަރާތްތަކުން މާސްކް އަޅައިގެން ތިއްބަސް، މިއީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއްކަމުން ގިނަބަޔަކު ދަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް