މާލެ ސިޓީ ކައުންސިލްގެ 6 ކޮމިޓީގެ ތެރެއިން 2 ކޮމެޓީއެއްގެ މުޤައްރިރުކަން އެމްޑީޕީއަށް

19 May 2021 | 12:20

މާލެ ސިޓީ ކައުންސިލްގެ އަލަށް އެކުލަވާލި ހަ ކޮމިޓީގެ ތެރެއިން 2 ކޮމިޓީއެއްގެ މުޤައްރިރުކަން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ދީފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޓީ ތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން މާލޭގެ މޭޔަރު މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮމިޓީ ބަހާފައިވާނީ މާލެ ސިޓީގައި ހިމެނޭ 18 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީގެ 6 މެމްބަރުންނަށްވެސް ހަމަހަމަ ފުރުސަތު ލިބިދޭ ގޮތައް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ 6 މެމްބަރަކު ސިޓީ ކައުންސިލްގައި ތިއްބަވާއިރު، 6 ކޮމިޓީގެ ތެރެއިން 2 ކޮމެޓީއެއްގެ މުޤައްރިރުކަން ވަނީ ދީފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މީގެ ތެރެއިން ވިލިމާލޭގައި ހުރި ޑިޕާޓްމަންޓާއި، ހުޅުމާލޭގައިވެސް މަދު މުވައްޒިފުންތަކަކާއިއެކު ޑިޕާޓްމަންޓެއް އޮތްކަމަށެވެ. ނަމަވެސް މިތަންތަން އެންމެ ރަނގަޅު ގޮތުގައި ނުހިނގާކަމަށެވެ. އަދި އަމާޒަކީ މާލެ ސިޓީގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް އެއްވެސް ތަފާތު ކުރުމެއްނެތި ލިބިގެން ދިޔުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އަދި މާލެ ސިޓީގެ ކަންކަން ބޭނުންވާ ސްޕީޑުގައި ކުރިއަށް ގެންދިއުމަށާއި، މާލެސިޓީއާއި، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭހެން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ރާވާލާފައިވާކަމަށްވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް