ޤައުމު ދަރާވިކި ވިޔަފާރިތައް ބަނގުރޫޓުވާއިރު 65 މެމްބަރުން އުޅެނީ ބޭކާރު ވާހަކަ ދެއްކުމުގަ:މަލީހު

19 May 2021 | 14:02

ޤައުމު ދަރާވިކި ވިޔަފާރިތައް ބަނގުރޫޓުވާއިރު ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުން އުޅެނީ ބޭކާރު ވާހަކަ ދެއްކުމުގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓުވިޓެއްގައެވެ.

މަލީޙު ވިދާޅުވީ، ޤައުމު ދަރާވިކި ވިޔަފާރިތައް ބަނގުރޫޓުވެ ރައްޔިތުން އަނގަޔާ އަތާ ދިމާ ނުވާހަލުގަ, 65 މެމްބަރުންގެ ސުޕާމެޖޯރިޓީ އުޅެނީ ބޭކާރު ވާހަކަ ދެއްކުމުގައި ކަމަށެވެ. އަދި މެނަބަރުން އުޅެނީ މަޖިލިސް ރައީސަށް ގަޑުވަރު ހޯދަދީ ރައްޔިތުން އަނގައިގަ ޓޭޕުއަޅާ ބިލް ފާސްކޮށް ޑިމޮކްރަސީ ކަފުންކުރުމުގައި ކަމަށްވެސް މަލީޙު ވިދާޅުވިއެވެ.

"ޤައުމު ދަރާވިކި ވިޔަފާރިތައް ބަނގުރޫޓުވެ ރައްޔިތުން އަނގަޔާ އަތާ ދިމާ ނުވާހަލުގަ, 65 މެމްބަރުންގެ ސުޕާމެޖޯރިޓީ ބޭކާރު ވާހަކަ ދެއްކުމުގަ، މަޖިލިސް ރައީސަށް ގަޑުވަރު ހޯދަދީ ރައްޔިތުން އަނގައިގަ ޓޭޕުއަޅާ ބިލް ފާސްކޮށް ޑިމޮކްރަސީ ކަފުންކުރުމުގަ. ނާގާބިލު ވާނީ މިހާވަރަށް. ދެން ނުވިއެންނު." މަލީޙުގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

މަލީޙު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅަައިފައެވެ. އަދި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ޚާއްސަ ގެކޮޅެއް ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް