އެމް-ފައިސާއަށް ރެޖިސްޓަރކޮށް ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާއެއް!

20 May 2021 | 05:48

މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ ގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާ ކޭޝް-އިން ކުރާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވެގެންދާނެއެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500 ރުފިޔާ ވުރެ މަތިން ޔުޓިލިޓީ ބިލްދައްކަވާ ކަސްޓަމަރުންގެ ވޮލެޓަށް 25 ރުފިޔާ ޖަމާވެގެންދާނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ. 

މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް:

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރ ކޮށްލާ

2. އަޕްގްރޭޑް އަށް ފިތާލާ

3. މައުލޫމާތު ފުރާލުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ ނުވަތަ ވޯކް ޕަރމިޓް ކޮޕީ އަޕްލޯޑް ކުރުމަށްފަހު ސަބްމިޓްކޮށްލާ

އެމް-ފައިސާ އަށް އަލަށް ބޭނުންކުރާ ކަސްޓަމަރުން ރެޖިސްޓަރކުރުމަށް:

4. އުރީދޫ އެޕް ޑައުންލޯޑްކުރޭ    http://ore.do/app

5. އެމް-ފައިސާ ޚިޔާރު ކުރުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލާ

6. މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖަހާ

7. މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

8. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖަހާ

9. ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކޮށްލާ

Advertisement

ކޮމެންޓް