Advertisement

އެމުޑުދާރު ޢަމަލު ހިންގަނީ އެމްޑީޕީ މީހެއްނަމަ މިސަރުކާރުގައި އެއްވެސް ފިޔަވަޅެއް ނާޅާނެ: އާދަމް ޝަރީފް

20 May 2021 | 20:30

އަންހެނުންނާއި ކުޑަކުދިންނަށް ގޯނާކޮށް ރޭޕްފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގަނީ ވެރިކަންކުރާ އެމްޑީޕީ މެންބަރެއް ނަމަ މިސަރުކާރުގައި އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށާއި، ކުޑަކުދިންނަށް ގޯނާކޮށް، ރޭޕް ފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ ފަރާތަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެއް ނަމަ އެ ފަރާތާއި މެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާ ކަމަށެވެ.

އަދި އެފަރާތްތަކާއި އިންސާފް އަރާ ހަމަކުރާ މަންޒަރު ފެނިގެން ނުދާ ކަމަށާއި، އެފަދަ މީހަކަށް މިސަރުކާރުގައި ފިޔަވަޅެއް ނާޅައި ދޭނީ ހިމާޔަތް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޢީސާ، އޭނާގެ ކުރީގެ އަނބިކަނބަލުން ނަސްރާ ނަސީމުއަށް ގެވެށި އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖެންޑާ މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށާފައި ވަނިކޮށެވެ.

Advertisement

ކޮމެންޓް