Advertisement

އުނގޫފާރުން 2 މީހަކު ޕޮޒިޓިވްވެ ގިނަބަޔަކު ކަރަންޓީނަށް

20 May 2021 | 20:11

ރ. އުނގޫފާރުން 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ގިނަ ބަޔަކު ކަރަންޓީން ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ، އެނދުމަތިވެފައިވާ މީހެކެވެ. އަދި މި މީހަކީ މި ފަހަކަށްއައިސް ގެއިންވެސް ނިކުންނަ މީހެއް ނޫންކަމަށާއި އެހެންނަމަވެސް އެމީހާގެ ފަރާތުން ބައެއް އަލާމާތްތައް ފެނުމުން ސާމްޕަލް ނަގާ ޓެސްޓް ކުރުމުން އެމީހާ ޕޮޒިޓިވްކަން ވަނީ އެނގިފައެވެ.

އިއްޔެ އެރަށުން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަދި އެމީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން އިތުރު މީހަކު މިއަދުވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެންމެފަހުން ޕޮޒިޓިވް ވެފައިވާ މީހާ ފުޓްބޯޅަ ޓީމެއްގައި ކުޅެފައިވާތީ، އެރަށު ދެ ޓީމެއްގެ ކުޅުންތެރިން މިވަގުތު ތިބީ ކަރަންޓީން ކޮށްފައެވެ.

އުނގޫފާރު މީގެ ކުރިންވެސް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އަދި އެފަހަރުވެސް ރ. އަތޮޅާއި އަތޮޅުން ބޭރުގެ ގިނަ ރަށްތަކަކުންވެސް އުނގޫފާރު ކްލަސްޓަރގެ ކޭސްތައް ފެނިފައިވެއެވެ.

Advertisement

ކޮމެންޓް