ޤާސިމް ސިޔާސީ މަސްރަޙުން އެއްފަރާތްވާނެޖެހޭ: ޢާޒިމާ

23 May 2021 | 17:17

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސިޔާސީ މަސްރަޙުން އެއްފަރާތްވުމަށް ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.

ޢާޒިމާ މިހެން ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވި، އެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން ދަނިކޮށް ޢީސަގެ ދިފާޢުގައި ތެދުވެވަޑައިގެން ޤާސިމް ދެއްކެވި ވާކަހަތަކާއި ގުޅިގެންނެވެ.

އެގޮތުން ޤާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕެއްގައި ޢީސަ ދިފާޢުކުރައްވައި ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. މީގެ ސްކްރީންޝޮޓްތަކެއް ދައުރުވަމުންދާއިރު، އެއީ އަސްލު ސްކްރީންޝޮޓްތަކެއްކަން "ވޮއިސް"އަށް ވަނީ ކަށަވަރުކުރެވިފައެވެ.

އެކަމާއި ގުޅިގެން ޢާޒިމާ ވަނީ ޤާސިމް އިބްރާހީމް އިސްތިއުފާ ދެއްވަންވީ ހަމައެކަނި މަޖިލީހަކުން ވެސް ނޫން ކަމަށާއި ސިޔާސީ މަސައްކަތުންވެސް އެކަހެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޤާސިމަށް ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިގަންނަވާތޯ ޢާޒިމާ ވަނީ ސުވާލުކޮށްފައެވެ.

Advertisement

ކޮމެންޓް