އެލަވަންސް ދިނުން ލަސްވަމުންދާ ސަބަބާއި ގުޅޭގޮތުން އާ ވާހަކައެއް!

22 May 2021 | 22:19

ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ހެލްތް އިމަޖެންސީި އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ގައި މަސައްކަތް ކުރާ ވޮލަންޓިއަރުންގެ އެލަވަންސް ލިބުން ލަސްވަމުން ދަނީ، އެފަރާތްތަކުގެ ޙާޟިރީ ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށް އެ ސެންޓަރުން ރޭ ބުނެފިއެވެ.

އެޗްއޯއީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ އަޙުމަދު ނާސިރު ވިދާޅުވީ، ފޯމުތައް ފުރުމާއި ޙާޟިރީ ބެލެހެއްޓުމުގައި މައްސަލަތަކެއް ދިމާވި އެންމެ ބޮޑު ސަބަބަކީ، ބަލަހައްޓަން ޖެހޭ މީހުންގެ އަދަދު ގިނަވުމެވެ.

ނާސިރު ވިދާޅުވީ އެލަވަންސް ޖަމާ ކުރަމުން ދާނީ ވަކިވަކިން ކަމަށާއި، އެއްކޮށް އެއްފަހަރާ ނޫން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތްތަކުގައި، އެކަމުގައި ހަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުންނަށް ވެސް ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. ނަމަވެސް މިފަހަކަށް އައިސް އެ އެލަވަންސްތައް ޖަމާވުން ލަސްވަމުންދާތީ ގިނަބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

Advertisement

ކޮމެންޓް