Advertisement

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާ ކަމަށް ބަލާނީ ކޮން ލެވެލްއަކަށް ދިޔައިމަތޯ: ޙީނާ

23 May 2021 | 17:13

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އަދި އެބަލީގައި ގިނަ އަދަދެއްގެ މީހުން މަރުވަމުން އަންނަ އިރު ކޮވިޑްގެ ހާލަތު އެންމެ ނުރައްކާ ކަމަށް ބަލާނީ ކޮން ލެވެލް އަކަށް ދިޔައިމަތޯ ޕީޕީއެމްގެ ތަރުޖަމާނު ޙީނާ ވަލީދު ސުވާލު އުފައްދައިފިއެވެ.

ކޮވިޑްގެ ބިރުވެރިކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައި ޙީނާ ވަލީދު ވަނީ، ހުދު، އޮރެންޖް ނުވަތަ ރަތުން ލެވެލް ކުރާނަމަ ރާއްޖެ މިއޮތީ މިހާރު ކޮން ލެވެލްއެއްގައި ތޯ ސުވާލު އުފައްދާފައެވެ.

"ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު މިއޮތީ ކޮން ލެވެލްއެއްގަތޯ؟ ވައިޓް، އޮރެންޖު، ރެޑް އިން ބުނާނަމަ ކޮން ލެވެލްއެއްތޯ؟ހީނާ ސުވާލު އުފައްދާފައިވެއެވެ.

ޙީނާ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާނަމަ ހާލަތު އެންމެ ނުރައްކާ ކަމަށް ބަލާނީ ކޮންލެވެލްއަކަށް ދިޔުމުންތޯ އެޗްޕީއޭ ޓެގުކޮށް ސުވާލުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރޭ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި މިބަލީގައި އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ. މިބަލިޖެހިގެން މިިމަސްތެރޭގައިވެސް ވަނީ ފަންސާހަކާ ގާތްކުރާ އަދަދަކަށް މީހުން ނިޔާވެފައެވެ.

ފޮޓޯ:ޕީއެސްއެމް

Advertisement

ކޮމެންޓް