ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 1559 މީހުން!

23 May 2021 | 22:35

ދިވެހިރާއްޖެއިން އިތުރު 1559މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 1559 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 1135 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 401 މީހަކާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 20 މީހަކު ހިމެނެއެވެ. މީގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 3 މީހަކުވެސް ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 55،924އަށް އަރާފައިވާއިރު، މި ބައްޔަށް 290 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 32،322 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement