Advertisement

ޤައުމު އޮތް ހާލަތާއި މެދު އިދިކޮޅު ލީޑަރު ކަންބޮޑުވޭ: ޕީޕީއެމް

24 May 2021 | 20:24

ޤައުމު މިހާރު މިއޮތް ހާލަތާއިމެދު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ޤައުމު މިހާރު އޮތް ހާލަތާއިމެދު ރައީސް ޔާމީން ކަންބޮޑޫވެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކޮވިޑުގެ ކަންތައްތައް މެނޭޖް ކުރަމުންދާ ގޮތާ ދޭތެރޭގައި އެމަނިކުފާނުގެ ކަންބޮޑުވުންތައް ހުރި ކަން ފާހަގަކުރެއްވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް. މިޕާޓީއަކީ ޤައުމު އަބަދުވެސް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވާ. އަދި ސިޔާސީ ގޮންޖެހުންތަކާއި ކުރިއަށް ކުރަން ހުރި ކަންކަމުގެ ވެސް އެ މަނިކުފާނުގެ މަޝްވަރާ ދެއްވި" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީނާއި ބައްދަލުކުރެއްވުމުން އިތުރު ހިތްވަރެއް އިދިކޮޅު ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް