އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ސެޕްޓެމްބަރު 25 ގައި

24 May 2021 | 23:11

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު ސެޕްޓެމްބަރު 25ގައި ބޭއްވުމަށް ނިންމައިފިއެވެ.

ކުރިން އެޕާޓީގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގައެވެ. މި އިންތިޚާބު ފަސް ކުުރަން ނިންމާފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެންނެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިހާރު އޮންނާނީ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މިނިންމުން ނިންމާފައިވަނީ، އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކަށް މިހާރު ފަރުވާހޯއްދަވަމުން ގެންދާތީ، އިންތިޚާބުގެ ކަންތަކުގައި އެމަނިކުފާނަށް ނޫޅެވޭނެކަމަށް ޕާޓީއަށް ފެންނާތީ ކަމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ މިދަނޑިވަޅުގައި އިންތިޚާބު ނުބާއްވައި ފަސްކުރުމަށް އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް

Advertisement