އެތައް ބައެއްގެ ޒާތީ މަޢުލޫމާތާއެކު އިންކަމް ސަޕޯޓް ލިބޭ މީހުންގެ މަަޢުލޫމާތު އާންމުކޮށްފި

25 May 2021 | 11:59

ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ މީހުންގެ މަޢުލޫމާތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް އާންމު ކުރައްވައިފިއެވެ.

ފައްޔާޒު އާންމު ކުރެެއްވި ލިސްޓުގައި އިންކަމް އެލަވެންސްގެ ގޮތުގައި ފައިސާ ދިން މީހުންގެ އައީޑީކާޑާއި އެޑްރެސް އަދި ނަމުގެ އިތުރުން އެލަވެންސްގެ ގޮތުގައި ދިން އަދަދު ވެސް ވަނީ އާންމު ކުރައްވާފައެވެ.

އެހެން ނަމަވެސް ފަހުން މިނިސްޓަރު ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފައެވެ. އަދި ކަން ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މަޢާފަށްވެސް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސަށް ހުލުވާލި މުއްދަތުގައި އެލަވެންސް ހޯދުމަށް އެދި ހުށަހެޅި މީހުންނަށް ދިނުމަށް 419.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ފައިސާ ބެހިފައިވާ ގޮތާއި މެދު އާންމުން އެކި ގޮތްގޮތަށް ޝުޢޫރު ފާޅުކުރަމުންގެންދާއިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް މިކަމާއިގުޅޭގޮތުން އާންމުންދަނީ ޚިޔާލު ފާޅުކުރަމުނެނެވެ.

Advertisement

ކޮމެންޓް

Advertisement