ބޯޓެއްގެ ފަޅުވެރިއެއް ޕޮޒިޓިވްވެ ދުވާފަރު މޮނިޓަރިންއަށް ލައިފި

25 May 2021 | 22:10

މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ޕޮޒިޓިވްވެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން، ރ. ދުވާފަރު މޮނިޓަރިންއަށް ލައިފިއެވެ.

ދުވާފަރުން މަޢުލޫމާތު ދެއްވި ގޮތުގައި، އެރަށު ސަމަންދަރު ބޯޓުގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެމީހާ އެކަހެރިކުރެވުނެވެ. އަދި އެ ބޯޓަށް އަރާފޭބުން މަނާ ކުރެވުނެވެ. އަދި އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

އެރަށުގައި މިހާރު ކުރިޔަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތެވެ.

މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި އުޅޭ ފަޅުވެރިން މާލެ ފޭބުން އޮންނަނީ މަނާކޮށްފައެވެ. އަދި އެހެންކަމުން، އެމީހަކު ދިރިއުޅޭ ރަށަކަށް ކަރަންޓީނު ވުމަކާއި ނުލާ ފައިބާ ހެދޭގޮތަށް އެޗްޕީއޭއިން އޮންނަނީ ހުއްދަ ދެއްވާފައެވެ. 

ދުވާފަރާއިއެކު ރ. އަތޮޅުގެ ޖުމުލަ 6 ރަށެއް މިހާރު އޮތީ މޮނިޓަރިންގައެވެ. އެއީ، އުނގޫފާރު، ރަސްމާދޫ، އަލިފުށި، މަޑުއްވަރީ އަދި ހުޅުދުއްފާރެވެ. 

ފޮޓޯ: އެޑިޝަން


Advertisement

ކޮމެންޓް