Advertisement

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 1004 މީހުން!

25 May 2021 | 23:04

ދިވެހިރާއްޖެއިން އިތުރު 1،004 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 1،004 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 835 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 153 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި 12 މީހަކާއި އަދި ލިވްއަބޯޑުތަކުން ޕޮޒިޓިވްވި 04މީހަކު ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 58,345 އަރާފައިވާއިރު، މި ބައްޔަށް 289 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 34،159 އަށް އަރާފައެވެ.

Advertisement

ކޮމެންޓް