އެސްޓްރަޒެނެކާ ވެކްސިން ޖޫން މަހު ތެރޭގައި ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް: ނަސީމް

26 May 2021 | 13:24

އެސްޓަރަޒެނެކާ ވެކްސިންގެ ހަތްލައްކަ ޑޯޒް ޖޫން މަހުގެ ކުރީކޮޅުގައި ލިބޭނެ ކަމަށް ބުނި ނަމަވެސް މިހާރު ޖޫން ނިމުމުގެ ކުރިން ވެކްސިިން ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، އެސްޓްރަޒެނެކާ ވެކްސިން ރާއްޖެ ގެނައުމަށް، ވެކްސިންގެ ޝިޕްމަންޓް ކްލިއަރ ކުރުމަށް ރާއްޖޭގެ އެޖެންޓް ހުންނެވީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، އެ ވެކްސިން އަދި ޝިޕް ކުރެވޭ ގޮތް ވެފައިނުވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެސްޓްރަޒެނެކާ ވެކްސިން ޖޫން މަހު ތެރޭގައި ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އަދި މަސައްކަތް ކުރަނީ އެމަގުން ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ އެބޭފުޅުން ވިދާޅުވި ގޮތަށް ޖޫން މަހު ތެރޭގައި މި ލިބުން. އެންމެ ފުރަތަމަ އޮތީ ޖޫން މަހު ކުރީކޮޅު ލިބޭނެ ކަމަށް، އެކަމަކު މިހާރު އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ ޖޫން މަހު ކުރީކޮޅު އެ ލިބޭނެ ކަމަކަށް" މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް